ގަވަރނަރގެ މަގާމަށް ހާޝިމް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އައްޔަން ކުރައްވައިފިއެވެ.
އެމްއެމްއޭގެ ގަވަރނަރ ކަމުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ ޙާޝިމް އެމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ވަނީ ޙަވާލުކުރައްވައިފައެވެ.
އަލީ ހާޝިމްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއި ހަމައަށް ފިނޭންސް މިނިސްޓަރކަމުގެ މަގާމު އަދާކުރެއްވި ފަރާތެކެެވެ.
އެމްއެމްއޭގެ ގަވަރނަރގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނަސީރެވެ. ނަސީރު އެމަގާމުން އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ އިސްވެރިޔާ އަހުމަދު އަޝްރަފްގެ މަސައްކަތަށް ނުފޫޒު ފޯރުވި މައްސަލައެއް ބަލަމުންދިޔަ ދަނޑިވަޅެއްގައެވެ.
އިސްތިއުފާ ދެއްވަމުން ނަސީރު ވިދާޅުވީ އެ މަގާމުގައި ހުންނަަވައިގެން އެ ތުހުމަތުތަކަށް ޖަވާބުދެއްވަން ބޭނުންފުޅު ނުވާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް