ޔޫއޭއީގެ ރައީސް އަލް-ޝައިޚް މުޙައްމަދު އިބްނު ޛައްޔިދު އަލް-ނަހްޔާން-- ފޮޓޯ: އޭއޭ
ޔޫއޭއީގެ ރައީސް އަލް-ޝައިޚް މުޙައްމަދު އިބްނު ޛައްޔިދު އަލް-ނަހްޔާން-- ފޮޓޯ: އޭއޭ
ދުނިޔެ 04 Sep 2024 | 08:41

ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ޔޫއޭއީގައި މުޒާހަރާ ކުރި ފަރާތްތަކަށް މައާފުދެއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި ދެކޮޅަށް އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ)ގައި މުޒާހަރާ ކުރުމާއި ގުޅިގެން ދިގު މުއްދަތަކަށް ޖަލަށްލެވުނު 57 ބަންގްލަދޭޝް މީހުންނަށް ޔޫއޭއީގެ ރައީސް އަލް-ޝައިޚް މުޙައްމަދު އިބްނު ޛައްޔިދު އަލް-ނަހްޔާން މައާފުދެއްވައިފިއެވެ.

ޖުލައި މަހު، ދަޢުވާ ލިބުނު މީހުންގެ ތެރެއިން 3 މީހަކަށް އުމުރަށް ޖަލަށްލުމުގެ ޙުކުމް އިއްވާފައިވާއިރު، 53 މީހަކަށް 10 އަހަރަށް އަދި އެއް މީހަކަށް 11 އަހަރަށް ޖަލަށްލުމުގެ ޙުކުމް އިއްވާފައިވެއެވެ. އެމީހުންނާ ދެކޮޅަށް ދަޢުވާ އުފުލާފައިވަނީ ހަމަނުޖެހުން އުފެއްދުމުގެ މަޤްޞަދުގައި އާންމު ތަނެއްގައި އެއްވުމުގެ ކުށުންނެވެ.

އެހެންނަމަވެސް، ރައީސް ޝެއިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަހްޔާންގެ މި ނިންމުމުގެ ސަބަބުން އެމީހިންގެ މައްޗަށް ޙުކުމް ތަންފީޒުކުރުން ހުއްޓާލައި، އެމީހުން ޤައުމުން ބޭރުކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާނެކަމަށް ޔޫއޭއީގެ ދައުލަތުގެ ނޫސް އޭޖެންސީ ވާމް އިން ބުނެފައިވެއެވެ.

މުޒާހަރާކުރި މީހުންނަށް މަޢާފުދިނުމަށް އެމަނިކުފާނު ނިންމެވީ ވޭތުވެދިޔަ މަހު ބަންގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު، ނޯބެލް ލޯރިއޭޓް މުޙައްމަދު ޔޫނުސްއާ ފޯނުން ވާހަކަދެއްކެވުމަށްފަހުގައެވެ. މުޙައްމަދު ޔޫނުސް ވަގުތީ ބޮޑުވަޒީރުކަމަށް ޢައްޔަންކުރެވުނީ ޙަސީނާ ޤައުމުން ފިއްލެވުމަށްފަހުއެވެ.

ޔޫއޭއީގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ އާބާދީގައި ތިންވަނައަށް އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބަންގްލަދޭޝްގެ ބިދޭސީންނެވެ. ޔޫއޭއީގެ 10 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 90 އިންސައްތައަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް