ހުޅުމާލެއިން ބިޔަރު ދަޅުތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލެއިން 48 ބިޔަރު ދަޅާއެކު މިރޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ބިދޭސީ ފިރިހެނާ ހައްޔަރުކޮށްފައިވަނީ މިރޭ 22:00 ހާއިރު ހުޅުމާލޭ އަމީން އެވެނިއު ކައިރިންނެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި މީހާގެ އަތުން 48 ބިޔަރު ދަޅުގެ އިތުރުން ރާފުޅިއެއްވެސް ފެނިފައިވެއެވެ. ނަމަވެސް ހައްޔަރުކުރެވުނު މީހާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތްތައް މިހާރުގެ ހޯމް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ސަރުކާރުން މިފަދަ މައްސަލަތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް