ޢީދު ދެދުވަހު ހިނގާފައި އުޅޭގޮތައް ހަމަޖައްސައިފި
ފިޠުރު އީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭ އަދި ވިލިމާލޭގައި ދުވަހު ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
ސިޓީކައުންސިލުން މިއަދު ނެރުނު ޢިއުލާނެއްގައި ބުނި ގޮތުގައި މި މަހު 4 ވަނަ ދުވަސް އަދި 5 ވަނަ ދުވަހު ހަވީރު 16:00 ން 18:30އަށް މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރީ ރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅެމުން އަންނަނީ މާލޭ ސިޓީ އަށް ކަމަށްވުމުން ފިޠުރު ޢީދުގެ އުފާ ފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި، ކުޑަ ކުދިންގެ އިތުރުން ޒުވާނުންވެސް އީދު ކުޅިވަރުގައި ބައިވެރިވެ އުޅުމަށްޓަކާއި މަގުމައްޗަށް ނިކުމެ އުޅުުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް