N/A
N/A
ވާހަކަ 10 May 2023 | 04:55

ވާހަކަ: ބަލި ފިރިމީހާގެ ކުރިމަތީ ފާހިޝް އަމަލުތައް ކުރަމުން އައި ދިވެހި އަންހެނެއްގެ ނިމުން އައިގޮތް!

މިއީ ޝެއިޚެއްގެ ދަރުހެއްގެ ތެރެއިން ކިޔައިދިން ވަރަށް އާދަޔާ ޚިލާފް އެހެން ނަމަވެސް ޢިބުރަތުން ފުރިގެންވާ ހަގީގީ ވާހަކައެކެވެ.

އެއީ މީލާދީ ސަނަތުން 90 ގެ ކުރީ އަހަރު ތަކުގެ ތެރެއިން އަހަރެކެވެ. އޭރު ޝެއިޚަކީވެސް ސާނަވީ ތަޢުލީމް ޙާޞިލް ކުރައްވަމުންދިޔަ ދަރިވަރެކެވެ. މި ހާދިސާ ޝެއިޚްގެ ކުލާހަށް ކިޔައިދެއްވީ އެ ކުލާހަށް ކިޔަވައިދެއްވި އުސްތާޛެކެވެ.

ޝެއިޚު ގެ އުސްތާޛުގެ ރަހުމަތްތެރިއަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތުމުން އެމީހާއަށް ޒިޔާރަތް ކޮށްލުމަށް އުސްތާޛު ހޮސްޕިޓަލަށް ދިޔައެވެ. ދިޔަ އިރު ވަރަށް ބާރަށް އަންހެނަކު ހަޅޭ ލަވާ އަޑު އުސްތާޛަށް އިވުމުން އެތަނަށް ދިޔައެވެ.

އެއީ މަރަށް ހާޒިރު ކުރެވިފައިވާ އަންހެނެކެވެ. ބެލެވޭ ގޮތުގައި އޭނާގެ އުމުރަކީ 40 އާއި 50 އާއި ދެމެދެވެ. އެ އަންހެން މީހާ ބާރަށް ރޮމުން، ހަޅޭ ލަވަމުން ގޮވަމުން ދިޔައީ "އަހަރެންނަށް ފިނިފެން ދޭށެވެ. ތިޔަ ދެނީ ހާދަ ހޫނު ފެނެކެވެ." އެފަދައިންނެވެ. އެ އަންހެނާގެ ކައިރީގައި ތިބި މީހުން އޭނާއަށް ދެމުން ދިޔައީ ފިނި ފެނެވެ. އެހެން ނަމަވެސް، އެ ފެން އަންހެން މީހާ އަށް ވެގެން ގޮސްފައިވަނީ ހޫނު އެއްޗަކަށެވެ. އަންހެން މީހާ ތަކުރާރުކޮށް ގޮވަމުން ދިޔައީ އޭނާގެ ގަޔަށް ދިލަ ނަގާ ވާހަކަ އާއި އޭނާ އަށް ދެމުންދާ ފެނުގެ ހޫނު ވާހަކައެވެ.

އެގޮތުގައި ހަޅޭ ލަވަމުންދަނިކޮށް އަންހެން މީހާ މަރުވެއްޖެއެވެ.

މިފަދަ ކަމެއް ފެނުމުން ޝެއިޚު ގެ އުސްތާޛު، އަންހެން މީހާ ދަންނަ، އެތަނުގައި ހުރި މީހެއް ގާތުގައި އަންހެން މީހާގެ ވާހަކަ އެއްސެވިއެވެ.

އެމީހާ ކިޔައިދިން ގޮތުން، އެ އަންހެން މީހާގެ ފިރިމީހާ އޭގެ ގާތްގަނޑަކަށް 3 އަހަރު ކުރިން ޕެރަލައިޒް ވިއެވެ. އެފަދައިން ވުމުން، ފިރިމީހާ އަށް އަޅާ ނުލައި، އަންހެން މީހާ އުޅެމުން ދިޔައީ ފިރިމީހާގެ ކުރިމަތީގައި ހިލޭ ފިރިހެނުން ގޮވައިގެން، ވަރަށް ވެސް ހަޑި މުޑުދާރު ޢަމަލުތައް ކުރުމުގައެވެ. އެކަން އެ ރަށު އެންމެނަށް އެނގޭނެ ކަންވެސް އެ މީހާ އުސްތާޛަށް ކިޔައިދިނެވެ.

އެފަދައިން އުޅެމުންދަނިކޮށް، އެއްދުވަހު އަންހެން މީހާ ނިދާ ހޭލި އިރު ވަރަށް ގަދަޔަށް ގައިން ދިލަ ނަގަން ފެށިއެވެ. އަދި އެ ރަށު ހުންނަ ސިއްހީ މަރުކަޒަށް ދައްކައިގެންވެސް ރަނގަޅު ނުވުމުން މާލެ އައީ އެވެ. މާލެ އައިސް ޓެސްޓް ހަދައިގެން އެއްވެސް މައްސަލައެއް ހުރި ކަމަށް ޑޮކްޓަރުންނަށް ނުފެނުނެވެ. އެހެން ނަމަވެސް، އަންހެން މީހާގެ ގައިން ދިލަ ނެގުން ނުހުއްޓުނެވެ. އެފަދައިން، އެ ހާލުގައި އުޅެމުން ދަނިކޮށް އޭނާ މަރުވެ ދިޔައީ އެވެ.

**   **   **   **   **

ދުނިޔެމަތީގައި އެފަދައިން ނުބައި ޢަމަލު ކުރުމުގައި އުޅޭ ކޮންމެ މީހެއްގެ ނިމުން އެފަދަ ގޮތަކަށް ނައި ނަމަވެސް، ތިމާ ދުނިޔެ މަތީގައި އުޅުނު ގޮތުގެ ޖަޒާ ޔަގީނުންވެސް އުޚުރަވީ ހަޔާތުގައި ލިބޭނެއެވެ. އެހެން ކަމުން، މި ފަދަ ހާދިސާ ތަކުން ޢިބުރަތް ހާސިލްކޮށް ދިރިއުޅުން އިސްލާހް ކުރަން މަސައްކަތް ކުުރުމަކީ ކޮންމެ މީހެއްގެވެސް ޢަޒުމަކަށް ވާންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް