12 މީހުނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮއްސި
ގއ. ކޫއްޑޫއިން ގެމަނަފުއްޓަށް 12 މީހުންނާއެކު ދަތުރު ކުރަނިކޮށް، ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.
ގެމަނަފުށީ ކައުންސިލުން ބުނީ އެހާދިސާ ހިނގީ މިރޭ 9:30 ހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި މީހުން ގެމަނަފުއްޓަށް ގެނައީ އެހެން ލޯންޗެއް އެ ސަރަހައްދަށް ފޮނުވައިގެން ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ލޯންޗު އަޑިޔަށް ދިޔަ ހާދިސާގެ މައުލޫމާތު ފުލުހުންނާ، އެމްއެންޑީއެފްއަށް ހިއްސާ ކުރުމުން މިހާރު ކުރަމުން އަންނަނީ ލޯންޗު ގެމަނަފުއްޓަށް ގެނައުމުގެ މަސައްކަތެކެވެ.
ގެމަނަފުށީގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، މިދުވަސްވަރަކީ ކަނޑު ގަދަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް