ހޯމް މިނިސްޓަރ އިހުސާން ސަލާމަތީ ކޮމިޓީއަށް މާދަމާ ހާޒިރުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހޯމް މިނިސްޓަރ އަލްފާޟިލް އަލީ އިހުސާން މާދަމާ ހާޒިރުކުރުމަށް ނިންމައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އިހުސާން ހާޒިރުކުރަނީ ރާއްޖޭގެ މިހާރުގެ ސަލާމަތީ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށެވެ.
ކޮމިޓީން މި ނިންމުން ނިންމާފައިވަނީ ރާއްޖޭގެ ޑްރަގާއި ޤަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހައްޔަރުކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންދާ ވަގުތެއްގައެވެ.
ސަލާމަތީ ކޮމިޓީގެ މި ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް