ޝެއިޚް އަޒީބެއަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަބްދުލް އަޒީޒް ހުސައިންނަށް ސްޓްރޯކެއް ޖެހި ފަރުވާދޭން ފަށައިފި އެވެ.
އެކަން ޝެއިޚް އަޒީގެ ގާތް ބޭފުޅަކު ވަނީ ވޮއިސްއަށް ޔަގީންކޮށް ދީފަ އެވެ.
އަޒީބެގެ ގޮތުގައި ދިވެހީންގެ ތެރޭގައި މަޝްހޫރު ޝެއިޚް އަޒީގެ ދަރުސްތަކަކީ ވަރަށް ޝައުގުވެރި އިލްމީ ދަރުސްތަކެކެވެ. ގިނަ ބަޔަކު ޝެއިޚްގެ ދަރުސްތަކަށް ޝައުގުވެރިވަނީ ހުށައަޅައިދިނުމުގެ ފުރިހަމަ ކަމުންނެވެ. ފޯރިއާ އެހާމެ ޖޯޝުގައި ހުށައަޅައި ދެެއްވާތީ އެވެ.
ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝެއިޚް އަޒީއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާގެ މެސެޖުތައް ފޮނުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް