އެފްއެސްއެމްގެ ހުޅުމާލޭ ޕަމްޕް ސްޓޭޝަން ހުޅުވައިފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ހުޅުމާލޭގައި އާ ޕަންޕް ސްޓޭޝަނެއް ހުޅުވައިފިއެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޕަންޕް ސްޓޭޝަންގެ ޚިދުމަތް ފައްޓަވައިދެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ މި ސްޓޭޝަނުން ރައްޔިތުންނަށް ރައްކާތެރި އަދި ފުރިހަމަ ޚިދުމަތެއް ލިބިިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ މިއަދަކީ މަސްވެރިންނަށްވެސް ވަރަށް ޚާއްސަ ދުވަހެއްކަމަށާއި ސަބަބަކީ މި ޕަމްޕް ސްޓޭޝަނުން މަސްވެރިންނަށްވެސް ފައިދާކުރާނެތީ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މެންބަރު ނިޔާޒުގެ އިތުރުން އެފްއެސްއެމްގެ މެނޭޖިންްގް ޑިރެކްޓަރ މުހައްމަދު ގަސަމާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް