ޖިލެޓްއިން ފިރިހެނަކަށްވުމުގެ ހަގީގީ މާނަ ކިޔައިދީފި
ފިރިހެނުންނަށް ޚާއްސަކޮށް ރޭޒަރ އަދި ޝޭވިންގް ކްރީމްފަަދަ ތަކެތި ވިއްކާ މަޝްހޫރު ޖިލެޓް ކުންފުނިން، ވީ ބިލީވް ނަމުގައި އާންމުކުރި ވީޑިޔޯއިން ފިިރިހެނަކަށްވުމުގެ ހަގީގީ މާނައާއި މެދު ސުވާލުކޮށްފިއެވެ.
ޖިލެޓްއަކީ ދަ ބެސްޓް އަ މޭން ކެން ގެޓްގެ ނަމުގައި ޓެގްލައިނެއް ގެންގުޅޭ ކުންފުންޏެކެވެ.
ނަމަވެސް މިއަދު އެކުންފުނިން އާންމުކުރި ވީޑިޔޯއިން ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި، ގޯސް ފިރިހެންވަންތަކަމާއި މީޓޫ މޫވްމަންޓް ފަދަ ކަންކަމަށް އިޝާރާތްކޮށް، އެފަދަ ކަންކަމަކީ އެއީ ފިރިހެނުންގެ ހުރި އެންމެ މޮޅު ފެންވަރު ތޯ ސުވާލު އުފައްދާފައެވެ.
ޖިލެޓް ކުންފުނިން އުންމީދުކުރަނީ މި ކެމްޕެއިންގެ ދަށުން ޒިންމާދާރު އަދި ހަގީގީ ފިރިހެނުން އުފެދިގެންދާނެކަމަށެވެ. މި ކެމްޕެއިން ވީޑިޔޯ ދަނީ ބާާރުމިނެއްގައި އިންޓަރނެޓްގައި ވައިރަލްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް