ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ފުލުހަކަށް، ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ފުލުހަކަށް، ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިއީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ބައްޕަ އެވެ.
ފުލުހުން ބުނީ މައްސަލައިގެ ތުހުމަތު އޮތް ފުލުސް މީހާ, އޭނާގެ މައްސަލަ ރިޕޯޓް ކުރި ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ސަސްޕެންޑް ކޮށްފައި ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް