ކުމުންދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލުން: ދިވެއްސަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގަދައިގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހދ.ކުމުންދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާމަތްކޮށް ފަރުވާ ދެނިކޮށް އެކަކު ނިޔާވެއްޖެ އެވެ.
ނިޔާވީ ދިވެއްސެކެވެ. އެއީ 66 އަހަރުގެ ފިރިހެނެކެވެ.
މިއީ ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުންދޫއަށް ދަތުރުކުރި ސަޕްލައި ދޯންޏެކެވެ. ދޯނި ބަންޑުން ޖަހާލުމުގެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ދޯނީގައި ތިބީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ. އެ މީހުން ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންދިޔަ ނަމަވެސް އެތަނުން އެކެއްގެ ހާލު ދަރެވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު ވަނީ ނިޔާވެފަ އެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް