މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދީންގެ ތެރެއިން އެއް ކުއްޖަކު ގެއްލިގެން އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 7:00 ގަ އެވެ.
ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް