ރާއްޖެއިން ބޭރުގައި ފަސް ގައުމެއްގައި ވޯޓުފޮށި ބަހައްޓަނީ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް، ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި، ވޯޓުފޮށި ބެހެއްޓުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އީސީން މައުލޫމާތުދޭގޮތުގައި އެ ކޮމިޝަނުން ވޯޓުފޮށި ބެހެއްޓުމަށް ގަސްދުކޮށްފައިވަނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، އަދި ތައިލެންޑާއި ބަންގްލަދޭޝްގައެވެ. މި ގައުމުތަކުގައި ތިބި ވޯޓުލާން އެދޭ ދިވެހިން ރީ-ރަޖިސްޓަރ ވުުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.
ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭނީ، ވޯޓުލުމަށްޓަކައި 100 އަށްވުރެ ގިނަފަރާތަކުން ރީ ރަޖިސްޓަރ ވެފައިވާނަމައެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓަރ ވިތަނުގައި މިހާރުވެސް ހުރިނަމަ އަލުން ރީ ރަޖިސްޓަރވާން ނުޖެހޭނެއެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،589 މީހުންނަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް