އޯވަޓޭކް ކުރަން އުޅެނިކޮށް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖް ހައިވޭގައި އޯވަޓޭކް ކުރަން އުޅެނިކޮށް މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެންކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 16:00 ހާއިރުއެވެ. ފުލުހުން ބުނީ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވިނަމަވެސް، ދެ ކާރަށް ގެއްލުން ލިބިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މާލެއާ ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާއިރު، އެތަނުގައި އޯވަޓޭކް ކުރުމަކީ ވަރަށް އާއްމުކަމެކެވެ. އެގޮތުން ގިނަ ފަހަރަށް އޯވަޓޭޓް ކުރަނީ ބާރުސްޕީޑްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް