އަނެއްކާ ވެސް ހިމަބިހި ކޭސްތަކެއް: 489 ކޮންޓެކްޓުން، ގިނައީ ދިވެހީން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށާ މިދިޔަ ހަފްތާގައި ވެސް އެ ބަލީގެ އިތުރު ފަސް ކޭސްއެއް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ. އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީ މީހުން ކަމަށާ އޭގެ ތެރޭގައި ގިނައީ ދިވެހީން ކަމަށެވެ.
އަދި މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވި މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާ ކުރަމުންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާ މިހާތަނަށް 220 ކޮންޓެކްޓުންނަށް ވަނީ ވެކްސިން ދީފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހިންގާ ހާއްސަ ވެކްސިން ކެމްޕެއިން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިނުވާ ކުދީންނަށް ދަނީ ވެކްސިން ދެމުންނެވެ. އަދި ސިއްހީ ހިދުމަތްތެރީންގެ ތެރެއިން 1118 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް