ހަންޓާ ވައިރަސްގެ ކޭހެއް ރާއްޖެއިން ނުފެނޭ، ބަލީގެ ރިސްކު ކުޑަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިހާތަނަށް ރާއްޖެއިން ހަންޓާ ވައިރަސް ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހަންޓާ ވައިރަސް އާއި ގުޅޭ މައުލޫމާތު ހާމަކޮށް އެޗްޕީއޭ އިން ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ޑަބްލިއުއެޗްއޯ މެދުވެރިކޮށް މި އެޖެންސީން ދަނީ މިކަން މޮނިޓާ ކުރަމުން ކަމަށެވެ.
އެގޮތުން މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް