ޔޫއޭއީގެ ކަނޑުގެ ސަރަހައްދުގައި އާންމު އުޅަނދުތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ޔޫއޭއީގެ ކަނޑުގެ ސަރަހައްދުން އާންމު އުޅަނދު ފަަހަރުތަކަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއޭއީގެ ކަނޑުގެ ސަރަހައްދާއި ގާތުން އުޅަނދުތަކަކަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެެރިކުރާ ކަމަށާއި، އެގައުމުގެ ކަނޑުގެ ސަރަހައްދުގެ އިސްތިގްލާލު ހިމާޔަތްކުރުމަށް ޔޫއޭއިން ކުރާ މަސައްކަތުގައި ރާއްޖެއިން އެކުގައި އޮންނާނެކަމަށެވެ.
އަދި ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ގެއްލުންވާފަދަ މިފަދަ އަަމަލުތައް ރާއްޖެއިން ކުށްވެެރިކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.
މި ބަޔާނުގައި ރާއްޖެއިން އިތުރަށްވަނީ ކަނޑުދަތުރުފަތުރުގެ ސަލާމަތް ރައްކާތެރިކުރުމަށް މަސައްކަތް ކުުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމަށް ހުރަސްއެޅޭ ކަންކަމާއި ދެކޮޅަށް ތެދުވުމަށްވެސް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް