މިނިސްޓަރު ނަހުލާ ބައިނަލްއަޤްވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނަށް ޒިޔާރަތްކުރައްވައިފި
އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޒިޔާރަތްކުރައްވައިފިއެވެ.
ތައިލޭންޑްގައި ހުންނަ އައިކާއޯގެ އިދާރާއާށް މިނިސްޓަރު ނަހުލާ ވަޑައިގެންނެވީ އެކަމަނާ ބެންކޮކަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ އައިކާއޯގެ ރީޖަނަލް ޑިރެކްޓަރު އަރުން މިޝްރާ އާއި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އައިކާއޯގެ ފަރާތުން ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސިވިލް އޭވިއޭޝަނުގެ އޮޑިޓް ރިޕޯޓް ވަނީ މިނިސްޓަރު ނަހުލާ އާއި ހަވާލުކުރައްވާފައެވެ.
މިއީ މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިނިސްޓަރު ނަހުލާ އައިކާއޯއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިނިސްޓަރު ނަހުލާ ވަނީ ރާއްޖޭގައި ސިވިލް އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އައިކާއޯ އާއި އެކު މަޝްވަރާކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް