ކެޕްޓަން އަޒީގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލައްސިޓީގެ ޚިދުމަތްތެރިޔާ, ފުނާޑު, ހުސްނުހީނާގެ ޢަބްދުލްޢަޒީޒް މުޙައްމަދުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.
އަޒީ ނިޔާވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އާއިލާ އިން މިހާރު ވަނީ އަޒީގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ބޭއްވުމަށް ނިންމާފަަ އެވެ. ޖަނާޒާ އޮތީ އާ ސަހަރާ މިސްކިތުގަ އެވެ.
އަޒީ އަކީ ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެކެވެ. އޭނާ އަކީ ދެކުނުގެ ތައުލީމަށް ވަރަށް ބޮޑު ހިދުމަތެއް ކުރެއްވި ބޭފުޅެކެވެ.
ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވި އެވެ. އަދި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެވެ. އޭނާ އަކީ ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގުމުއްދަތަކު އުޅުއްވި ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް