ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މި ދެ ހިދުމަތް ފެށުމަށް މިއަދު ވަނީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
އެ ދެ ހިދުމަތް ފެށުން އިފްތިތާހު ކުރުމުގެ ގޮތުން ދެ ދިވެއްސަކަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދީފައިވެ އެވެ.
މީގެ ކުރީން މެލޭޝިޔާގައި ވެސް ވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް އެ ގައުމުގައި ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެއީ ބޭރު ގައުމަކުން ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ހެއްދުމާއި ދޫކުރުން އަދި ޕާސްޕޯޓްގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް