ބާސާއިން އެލް ކްލަސިކޯގައި ބޭނުންކުރާނެ ޖާރޒީ
ބާސާއިން އެލް ކްލަސިކޯގައި ބޭނުންކުރާނެ ޖާރޒީ
ކުޅިވަރު 16 Oct 2022 | 05:02

އެލް ކްލަސިކޯގައި ބާސެލޯނާ ޖާރޒީގައި މިފަހަރު ޑްރޭކްގެ ލޯގޯ

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗުގައި ބާސެލޯނާއިން ލަވަކިޔުންތެރިޔާ ޑްރޭކުގެ ލޯގޯ ޖެހި ޖާރޒީ ބޭނުންކުރަން ނިންމައިފިއެވެ.

މިއީ ސްޕޮޓިފައި ގައި 50 ބިލިއަން ސްޓްރީމްސް އެންމެ ފުރަތަމަ ހާސިލުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސްޕޮންސާޝިޕް އެއްބަސްވުމުގެ ދަށުން ކުރަން ނިންމި ކަމެކެވެ.

ބާސެލޯނާގެ މައި ސްޕޮންސަރަކީ ސްޕޮޓިފައި އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ލަވަކިޔުންތެރިން ޕްރޮމޯޓުކުރުމަށް ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ބާސެލޯނާގެ މައި ސްޕޮންސަރ ލޯގޯ ސްޕޮޓިފައި ގެ ބަދަލުގައި ލަވަކިޔުންތެރިންގެ ލޯގޯ ބޭނުންކުރަން ހުއްދަ ލިބެއެވެ.

އެެލް ކްލަސިކޯ މެޗުގައި ބާސެލޯނާއިިން ބޭނުންކުރާނީ ޑްރޭކް ރަމްޒުކޮށްދޭ އައުލް ނުވަތަ ބަކަމޫނުގެ ލޯގޯ އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުޅިވަރާ މިއުޒިކް ގުޅިލާމެހިގެން މަސައްކަތްކުރާކަން ހާމަކުރުމެވެ.

"ކުރިމަތީގައި ބޭނުންކުރާނީ ޑްރޭކްގެ އައުލް ލޯގޯ، މިއީ އަހަރެމެންގެ ތާރީހުގައި ވެސް އަލަށް ކުރާ ކަމެއް، މީގެކުރިން ދުވަހަކުވެސް މައި ސްޕޮންސަރގެ ލޯގޯ މިހެން ބަދަލުކޮށްފައި ނުވާނެ" ބާސެލޯނާއިން ބުނެއެވެ.

މި މެޗުގެ ކުރިން ކުރިޔަށްދާ ވޯމްއަޕް ސެޝަންގައި ބޭނުންކުރާ ޖާރޒީގައި ވެސް މިކަން ހާމަކުރާނެއެވެ. އެގޮތުން ކުރިމަތީގައި އައުލް ލޯގޯ އަދި ފަހަތުގައި ޑްރޭކް 50 ޖެހުމަށް ވަނީ ނިންމާފައެވެ.

މި މެޗާއި ކުރިމަތިލާއިރު ބާސެލޯނާ މިވަގުތު އޮތީ ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު މި ދެ ޓީމުވެސް އޮތީ 22 ޕޮއިންޓާއެކު އެވެ. އެހެންކަމުން މި ފަހަރުގެ އެލް ކްލަސިކޯ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަވާނެ މެޗެކެވެ.

އެލް ކްލަސިކޯ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 19:15 ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް