އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިދިކޮޅު މައި ޕާޓީ -- އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން އެ ނިންމުން ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގަ އެވެ. މިރޭ އޮތް ބައްދަލްވުމުގައި ކޮންގްރެސް ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހުށައެޅުއްވީ އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދެވެ.
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ. އެހެން ކަމުން އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާނެ ކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެންބަރު މަހު ބާއްވަން ނިންމާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ -- ޕީއެންސީގެ ގައުމީ މަޖިލީސް ވެސް އޮތީ ސެޕްޓެންބަރު މަހު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް