ސ. ހިތަދޫ, ޖަބްރާނުގޭ އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ
ސ. ހިތަދޫ, ޖަބްރާނުގޭ އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ
ރިޕޯޓް 08 Jun 2026 | 18:17

އެންމެ ކުރަނީ މި ސުވާލު: ރަމީޒު ނިޔާވުމުގެ ޒިންމާ ނަގާނީ ކާކު؟

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި އެވެ.

އެންމެ ބޮޑުވަރުވީ ސ. ހިތަދޫ, ޖަބްރާނުގޭ އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ އަށެވެ. ރަމީޒަކީ ގަވާއިދު ފަޅުން މަޑުމަޑުން ސައިކަލުގައި އައި މީހާ އެވެ. ރަމީޒު, ދުއްވި ސައިކަލުގައި ޖެހުނީ ބާރު ސްޕީޑްގައި ދުއްވަމުންް އައިސް ނުބައި ފަޅިން ދުއްވަމުން އައި ސައިކަލެވެ.

އެކްސިޑެންޓާއި ގުޅިގެން ރަމީޒަށް ވަރަށް ހާނިއްކަވި އެވެ. ބޮލަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލޭ އެޅުނެވެ. އެކި ގުނަވަންތައް ވަނީ ބިނދިފަ އެވެ. ކަނާތު ފަޔަށް ވަނީ ވަރަށް ބޮޑު ޒަޚަމެއް ލިބިފަ އެވެ. ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި ފައިގެ ބޮޑު ބައެއް ވަނީ ޗިސްވެފަ އެވެ.

އެކްސިޑެންޓްގެ ކުރީން ރަމީޒަކީ ގަދަފަދަކޮށް ހުރި މީހެކެވެ. ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އެއްވެސް ގުޅުމެއް ނެތް ނުރައްކާތެރި އެކްސިޑެންޓެއްގައި މުޅި ދިރިއުޅުން ބަދަލުވީ އެވެ. ހަފްތާއެއްހާ ދުވަހުގެ ގަދަ ވޭނުގައި ހޭދަކުރުމަށް ފަހު މިއަދު ދުނިޔެ ދޫކުރީ އެވެ.

ތިން ކުދީން ބިކަވީ, އުފާވެރި އާއިލާއަކަށް ފުން ހިތާމައެއް

ރަމީޒަކީ މޮޅު ކެއްކުންތެރި އެކެވެ. ޒިންމާދާރުކަމާ އެކު ވަޒީފާގައި އުޅެމުންދިޔަ ހެޔޮ އަޚްލާގެއްގެ ވެރިއެކެވެ.

ތިން ކުދީންގެ ބައްޕަ އެކެވެ. އުފާވެރި އާއިލާއެއްގެ މައިތަނބެވެ. ކުދީންނާއި ރަމީޒްއާ އޮތީ ވަރަށް ހާއްސަ ގުޅުމެކެވެ. އާއިލާއިން ފާހަގަކުރާ އެންމެ ހާއްސަ ކަމަކީ އެ ކުދީން ބޭނުންވާ މީރު ކާތަކެތި ތައްޔާރު ކުރުމުގައި ރަމީޒު އަދާކުރާ ދައުރެވެ.

އެކްސިޑެންޓްވި ރޭ ވެސް ރަމީޒު, އޭނާގެ ކުދީންނަށް އެ ކުދީން އެންމެ ބޭނުންވާ ގޮތަށް ނޫޑްލްސް ތައްޔާރުކޮށް ދިނެވެ. އެ ކުދީން ކައި ނިމެންދެން އުފާވެރި ވަގުތުތަކެއް ހޭދަކުރި އެވެ. އެކްސިޑެންޓްވީ އޭގެ ފަހުންނެވެ.

ބަލަންޖެހޭ ވަރަށް ނުބަލާ އަދި އެހާމެ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މިއަދު ރަމީޒުގެ އެ އުފާވެރި އާއިލާ ފުން ހިތާމައެއްގެ ތެރެއަށް ވެއްޓުނީ އެވެ. ކުށެއްނެތި ތިން ކުދީން ބިކަވީ އެވެ. އުފާވެރި އާއިލާއެއް ރޫޅުނީ އެވެ.

މިއަދު އެންމެންވެސް ކުރަނީ މި ސުވާލެވެ. ރަމީޒު ނިޔާވުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. މިއީ ހަމަ "އޯކޭ" ވެގެން ތިބެންވާނެ ކަންކަން ހެއްޔެވެ.

ނުރައްކާތެރިކޮށް ދުއްވާ ޒުވާނުން މިއަދުވެސް ވަރަށް ގިނަ އެވެ. އެހެން މީހުންގެ ފުރާނައަށް އެއްވެސް ވިސްނުމެއް ނެތި ބާރު ސްޕީޑްގައި ދުއްވުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ. މިހާތަނަށް މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު އަޅުގަނޑުމެންނާއި ވަކިވެ ހިނގައްޖެ އެވެ. ރަމީޒު ފަދަ ކުށެއްނެތް އެތައް ބައެކެވެ. އެފަދަ އެތައް އާއިލާއެއް ބިކަވެއްޖެ އެވެ.

ބައެއް މީހުން ނުކުޅެދުންތެރި ކަމުގެ ހާލަތުގައި ދުވަސްތައް ދަނީ ގުނަމުންނެވެ. ޒުވާން އުމުރުގައި އެފަދަ ހާލަތެއް މެދުވެރިވެ އާއިލާއަށް ބުރައަކަށްވީ ކަމުގެ އިހްސާސް ކުރެވި އެ ނިކަމެތި ކަމުގެ މައްޗަށް ނަފްސާނީ ބަލި އިތުރުވެ އެތައް ވޭނެއް ތަހަންމަލު ކުރަމުންދާ މީހުން މިއަދުވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެ މީހުންގެ އެއްވެސް ކުށެއް ނެތި އެވެ. ބަލާ ނުލައި ނުރައްކާތެރިކޮށް ދުއްވި މީހުންގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
08 Oct 2026 ހަބަރު

އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރުމަށް އައްޑޫ މީދޫ ކައުންސިލުން ނިންމައިފިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދު...

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
06 Oct 2026 ހަބަރު

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ ދ އަތޮޅު ރިސޯޓެއްގަ އެވެ. ފުލުހުން މިރޭ ބުނީ މޫދަށް އެރި އުޅުނު ދެ މީހަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ...

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
05 Oct 2026 ހަބަރު

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ފަރީ ހައްޖު އެންޑް އުމްރާގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް ހުރި މީހެކެވެ. އެއީ ހއ. ތަކަންދޫ, ބަގީޗާގެ އަބްދުالله އަހްމަދެވ...

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
05 Oct 2026 ހަބަރު

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް

މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. ރޭ ހިނގި ނުރައްކާތެރި އެ...

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް
05 Oct 2026 ހަބަރު

34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް 34 ހާސް ރުފިޔާއަށް ގަނެވެން އޮތް މައިކްރޯޕައިޕެޓް ޓިޕްސްތަކެއް އެތައް ގުނަ އަގުބޮޑުކޮށް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނ...

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ
03 Oct 2026 ހަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އެކަން ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ ވަނީ ޔަގީންކޮށް ދެއްވާފަ އެވެ. ސައުސަން ނިޔާވީ އިނ...