ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
އެކަން ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ ވަނީ ޔަގީންކޮށް ދެއްވާފަ އެވެ. ސައުސަން ނިޔާވީ އިންޑިއާގައި ފަރުވާއަކަަށް ގޮަސް ހުއްޓަ އެވެ.
ސައުސަން އަކީ މޮޅު ގާނޫނީ ވަކީލެކެވެ. ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ދަނީ ސައުސަން ނިޔާވުމާއި ގުޅިގެން ތައުޒިޔާ ކިޔަމުންނެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ސައުސަން އައްޔަންކުރައްވާފައިވަނީ 2024، އެޕްރީލް 15 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް