ކަނޑުފޯރި މަސް ރޭސްގެ ޕޯސްޓަރެއް/ ފޮޓޯ: ސޮނީ ފިޝިން
ކަނޑުފޯރި މަސް ރޭސްގެ ޕޯސްޓަރެއް/ ފޮޓޯ: ސޮނީ ފިޝިން
ވިޔަފާރި 17 Feb 2023 | 10:11

106 ބައިވެރިންނާއިއެކު ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް މާދަމާ

ރާއްޖޭގެ އެކި ކަންކޮޅުކުން ޖުމުލަ 106 ބައިވެރިންނާއިއެކު ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް މާދަމާ ހެނދުނު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ޖުމުލަ 106 ބައިވެރިންނާއި، 5 ސްޕޯޓްސް މަސްދޯންޏާއި އެކު މާދަމާ ހެނދުނު 6:00 ގައި ފަށާ މި މަސް ރޭހުގައި އެކަނި ބައިވެރިވާ ބައިވެރިން ރޭސް ނިންމަން ޖެހެނީ އިރުއޮއްސި 6 ޖަހާއިރުއެވެ. އަދި ގްރޫޕް ކޮށް ބައިވެރިވާ ޓީމުތައް ނިންމާލުމަށް ހަމަޖެހިފައިވާ އިރުއޮއްސި 7 ޖަހާއިރުއެވެ.

މަސްރޭހުގައި ބައިވެރިވެފައިވާ ކޮންމެ ބޯޓެއްގައި އޮފިޝަލަކު ހުންނާނެއެވެ. އަދި މަސްރޭހުގެ ބައިވެރިން މުބާރާތުގެ ގަވާއިދު ތަކަށް ބޯލަނބައި، މަސްބޭނުމުގެ ތެރެއިން މަނާ އެއްވެސް ކަމެއް ކުރޭތޯ އޮފިޝަލުން ޗެކުކުރާނެއެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މި މަސްރޭހުގައި، ބާނާ ވަކި ވައްތަރެއްގެ މަހަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބޭނުމަށްފަހު ދޫކޮށްލަންޖެހޭ ކަހަލަ މަހެއް ދޫކޮށްލައިފިނަމަ ވެސް ޕޮއިންޓް ލިބެއެވެ.

ކަނޑު ފޯރީގެ ނަމުގައި ކުރިއަށް ގެންދާ މަސް ރޭހަކީ ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕް ލޯންޗު ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި ރަސްމިއްޔާތު އޮންނާނީ މަދާމާރޭ 8:00 ގައި އުސްފަސްގަނޑުގައެވެ.

އެ ރަސްމިއްޔާތުގައި "ކަނޑު ފޯރިި" އެޕް ދައްކާލުން އޮންނާނެއެވެ. މި މަސްރޭހުގައި ބާނާ މަސް ކަނޑު ފޯރި އެޕް ބޭނުންކޮށްގެން ބައިވެރިންގެ އަމިއްލަ ޕްރޮފައިލަށް އަޕްލޯޑުކޮށް ޕޮއިންޓު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ކަނޑު ފޯރި" މަސް ރޭހުގެ ފުރަހަމަ ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާގެ އިނާމުތައް ވަނީ ހުށައަޅާފައެވެ. މި މުބާރާތުގައި ސްޕޯޓްސް ފިޝިން ކެޓަގަރީއިން އެއްވަނަ ލިބޭ ފަރާތައް 15000 ރުފިޔާގެ ފައިސާގެ އިނާމާއި 10000 ރުފިޔާގެ ގިފްޓު ވައުޗާއެއް  ލިބޭނެއެވެ.

އޭގެ އިތުރުން އަތުނަނުގެ ކެޓަގަރީއިން އެއްވަނައަށް ދާ ފަރާތަކަށް 10000 ރުފިޔާއާއި 5000 ފުރިޔާގެ ގިފްޓު ވައުޗާއެއް ވަނީ ހުށައަޅާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް