ބެލޮންޑިއޯ ޓްރޮފީއާއެކު ބެންޒެމާ
ބެލޮންޑިއޯ ޓްރޮފީއާއެކު ބެންޒެމާ
ކުޅިވަރު 18 Oct 2022 | 00:32

ބެލޮންޑިއޯ އެވޯޑު މިފަހަރު ކަރިމް ބެންޒެމާއަށް!

ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ބެލޮންޑިއޯ އެވޯޑު މިފަހަރު ކަރީމް ބެންޒެމާއަށް ލިބިއްޖެއެވެ.

ފްރާންސްގެ މަޝްހޫރު މަޖައްލާއިން ދޭ މި އެވޯޑު މިފަހަރު ބެންޒެމާ އަށް ލިބުނުއިރު މިއަހަރުގެ މި އެވޯޑަކީ އެތަށް ގޮތަކުން ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ނިމިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިއަކަށް ބެންޒެމާ ހޮވުނުއިރު އެންމެ ފަހުން މި އެވޯޑު ފްރާންސްގެ ކުޅުންތެރިއެއް ހޯދީ 1998 ގައެވެ. މި އެވޯޑު އެފަހަރު ލިބުނީ ޒައިނުއްދީން ޒިދާނަށެވެ. މިފަހަރު ބެންޒެމާ އަށް މި އެވޯޑު ހަވާލުކޮށްދިނީ ވެސް ޒިދާނެވެ.

މިދިޔަ ސީޒަންގައި ބެންޒެމާގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ހޯދައިދިނުމުގައި ބެންޒެމާގެ ދައުރު ބޮޑެވެ.

ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 46 މެޗުން 44 ގޯލް ޖަހައިފަ އެވެ. މީގެތެރެއިން 15ަ ލަނޑަކީ ޗެމްޕިއަންސް ލީގުން ފެނުނު ގޯލްތަކެކެވެ.

ރެއާލް މެޑްެރިޑުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ބެންޒެމާ އާއި ޖެހިގެން ދެވަނަ ލިބުނީ ސަޑިއޯ މާނޭއެވެ. އޭނާ ވަނީ މިރިޔަ ސީޒަނުގެ އެގްއޭ ކަޕް، ލީގު ކަޕު އަދި ލީގު ލިވަޕޫލަށް  ހޯދާފައެވެ. ތިން ވަނަ ހޯދީ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ  ކެވިން ޑި ބްރޭނާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް