ކޮންގްރެސްގެ ފޯރިގަދަ ޖަލްސާއެއް، ގިނަ ބަޔަކު އެ ޕާޓީއާ ގުޅުނު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މިރޭ ފޯރިގަދަ ޖަލްސާއެއް ބާއްވައިފި އެވެ.
މިރޭ އޮތް ޖަލްސާގައި ބައެއް މީހުން ވަނީ އެ ޕާޓީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމެނެ އެވެ.
މި ޖަލްސާގައި ކޮންގްރެސްއަށް ސޮއިކުރި މީހުންގެ ފޯމްތަކާއި ހަވާލުވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އެވެ. މިއީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެ ޕާޓީން ބޭއްވި ޖަލްސާ އެކެވެ.

މިރޭގެ ޖަލްސާގައި ވަަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި އެ ޕާޓީގެ އިސްވެރީންނާއި މަޖިލިސް މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
ޖަލްސާގެ ވަކި ހިސާބުން ކޮންގްރެސް ޕާޓީގެ ރައީސް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ޖަލްސާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ވަރަށް ގިނަ ބަޔަކާއި ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް