މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ރަސްމީގޮތުން ނިންމާލައިފި
ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އިރުއޮއްސި ހައެއްޖެހުމާއި އެކު މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ކުރުން ހުއްޓާލަައިފިއެވެ.
މިއަދު އިރުއޮއްސި ހައެއްގެ ފަހުން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކެމްޕެއިން ކުރުމަކީ މަނާކަމެއްކަން ފާހަަގަކޮށްލެވެއެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފާއިތުވި ދުވަސްތަކުގައި ވަރަށް ފޯރިގަދަކޮށް ހުރިހާ ފަރާތްތަކުން ކޮށްފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ކެމްޕެއިން ނިންމާލުުމުގެ ގޮތުން މާލޭގައި ކެމްޕެއިން ހިނގާލުމެއް ބާއްވާފައެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އަތޮޅުތެރޭގައިވެސް ކެނޑިޑޭޓުން ވަނީ ކެމްޕެއިން ނިންމާލުމަށް އެއްވުމާއި ހިނގާލުން ފަދަ ހަރަކާތްތައް ބާއްވާފައެވެ.
މާދަމާ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30 ވަންދެން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލާ ވަގުތާއި ވޯޓުގުނާ ވަގުތުގައި ވޮއިސް.އެމްވީން ޚާއްސަ ކަވަރޭޖެއް ގެެނެސްދިނުމަށް ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް