ހައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގް އެޕް ބޭނުންކުރޭ: އެމްބަސީ
މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށްދާ ޙައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސަޢޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ޙައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ އެމްބަސީއިން މިގޮތަށް އިލްތިމާސްކުރީ ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ، އެކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ގެނައުމަށްކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ ހައްޖު މޫސުމުގައި ޙައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ޙަރަކާތްތެރިވަމުން ދާނެއެވެ.
އަދި ދިމާވާ ކޮންސިއުލަރ އިމަރޖަންސީ ތަކުގައި އެމްބަސީއިން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިވެހި ހައްޖުވެރިންނާއި އެފަރާތްތަކުގެ އާއިލާތަކުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ 00966506894477 ނަންބަރަށް ގުޅުއްވުމަށް އެމްބަސީގެ ފަރާތުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް