ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް އެޗްއާރްސީއެމަށް ހާޒިރުކުރަނީ
އެޗްއާރްސީއެމްއިން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.
މުނާޒްއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 11:00 އަށެވެ.
މުނާޒަށް އެއްވެސް ސަބަބަކާހުރެ އެ ގަޑިއަށް ހާޒިރު ނުވެވޭނަމަ 30 މިނެޓު ކުރިން އެކަން އެންގުމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އަންގާފައެވެ
އެޗްއާރުސީއެމްއަށް މުނާޒް ހާޒިރުކުރަނީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. ނަަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއްކަން އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް