އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ:ސީއެންއެން
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ:ސީއެންއެން
ދުނިޔެ 11 Nov 2024 | 05:38

ލުބުނާނުގައި ޕޭޖަރުތައް ގޮއްވާލަން އެންގި ކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލަން އެންގިކަމަށް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި، ނަތަންޔާހޫ ވަނީ އޭނާގެ ކެބިނެޓާއި މުޚާތަބުކުރަމުން، ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލަން ދިން ހަމަލާ އާއި ޕޭޖަރު ގޮއްވާލި ހަމަލާއަކީ ވެސް ޔަހޫދީ ދައުލަތުގެ ސަލާމަތާއި ގުޅޭ ސީނިއާ އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކާއި ދެކޮޅަށް އެންހި އެންގުމެއް ކަމަށް ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުން ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލިއިރު، މި ހަމަލާގައި 37 މީހުން މަރުވެ 3،000 އަށް ވުރެ މީހުން ވަނީ ޒަހަމްވެފައެވެ.

މީގެ ކުރިން، ލުބުނާނުގެ ހެލްތު މިނިސްޓަރު ފިރާސް އަބިއާދް ވިދާޅުވީ މި ހަމަލާތަކުގައި 8 އަހަރުގެ ކުޑަ ކުއްޖެއްވެސް މަރުވެފައިވާ ކަމަށާއި، 200 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ މީހުންގެ މޫނާއި އަތުގެ އިތުރުން ބަނޑަށެވެ.

މި ޕޭޖަރުތައް ހިޒްބުﷲ އަށް ހަވާލު ކުރުމުގެ ކުރިން އެހެން ބަޔަކު އޭގައި ގޮވާތަކެތި ހަރުކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނެފައިވާއިރު، މި ގޮުވުމުގައި ލުބުނާނުގައި ހުންނަ އީރާނުގެ ސަފީރު މުޖުތަބާ އަމާނީ ވެސް ޒަހަމްވެފައިވާއިރު، މީގެ މަސްތަކެއް ކުރިން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އިސްރާއީލުން ޖާސޫސު ކުރުމުގެ ފުރުސަތު އޮންނާނެތީ މުޖާހިދުން ސްމާޓްފޯނު ބޭނުން ނުކުރުމަށް އަންގަވާފައެވެ.

އޭގެ ފަހުން ހިޒްބުﷲ މުއާމަލާތްކުރުމަށް އާއްމުގޮތެއްގައި ބޭނުން ކުރަނީ ޕޭޖަރު ފަދަ ތަކެއްޗެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް