ޤާނޫނީ ދާއިރާ ކުރިއެރުުވުމަށް ބާ ކައުންސިލުން މަސައްކަތް ކުރާނެ: ރައީސް
ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ރާއްޖޭގައި ބޭއްވި ބާ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރައްވާ، ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޒު މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވާ، މައުމޫން ހަމީދު ތާރީޚުން ޖާގަ ހޯއްދަވާފައިވާއިރު ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޒު މައުމޫން ހަމީދާއި، ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް ތަހުނިޔާ ދަންނަވާފައެވެ.
ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް މައުމޫން ހަމީދު އިންތިޚާބުވެވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނާއިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދާއި ވާދަކުރައްވައިގެންނެވެ.
މައުމޫން ހަމީދު ހޯއްދެވި ކާމިޔާބީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް