ޒުވާނުން ސިވިލް ސާރވިސަށް ނުދަނީ މުސާރަ ކުޑަވީމަ: މަޚުލޫފް
ގިނަ ޒުވާނުން ސިވިލް ސާރވިސްގެ ވަަޒީފާތަކަށް ނުވަންނަނީ މުސާރަ ދަށްވުމުގެ ސަބަބުންކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ "ސަން" ނޫހުގެ 50މިނެޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާސީ މަގާމުތަކާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޚުލޫފް ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ލިބެންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އެފަރާތްތަކުގެ ބޭނުން ހިފެންޖެހޭކަމަށެވެ.
ނަަމަވެސް ސިވިލް ސާރވިސްގެ މަގާމުތަކަށް ޒުވާނުން ވަންނަ މިންވަރު މަދުކަމަށް ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ، އެހެން ދިމާވަނީ ސިވިލް ސާރވިސްގައި ލިބޭ މުސާރަ ދަށްވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ގިނަ ޒުވާނުން މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މަޚުލޫފް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ މަޤާމުތައް ލިބެނީ އިދިކޮޅުގައި އޮންނަ އިރު އިސްކޮށް މަސައްކަތް ކުރާ މީހުންނަށްކަމަށް މަޚުލޫފް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް