އަންނަ ހޯމަދުވަހު ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރަނީ
ވާރޭ ނުވެހި ގިނަދުވަސް ވުމާއި ގުޅިގެން އިސްތިސްގާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އަންނަ ހޯމަދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.
މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ.
މާލޭގައި އިސްތިސްގާ ނަމާދު ކުރާނީ އިސްލާމިކް އިސްލާމީ މަރުކަޒުގައި ކަމަށާއި، ރަށްރަށުގައި އެ ނަމާދު ކުރާނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ، އިސްތިސްގާ ނަމާދުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް