ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބޭނީ 20 ޕަސެންޓް: ނަޝީދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ބޮޑުކޮށް ބަލިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ލިބުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އުންމީދު ކަމަށެވެ.
އަދި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުކޮށް ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ސިޓީތަކާއި އަތޮޅުތަކާއި ރަށު ކައުންސިލްތައް އެމްޑީޕީން އަލުން ހޯދަން ޖެހިއްޖެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 194 ރަށުގެ ކައުންސިލް އެމްޑީޕީން ހޯދަން ޖެހިއްޖެ ކަމަށެވެ.

އަދި ހިސާބެއް ޖައްސަވާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ލިބޭނީ އެންމެ 20 ޕަސެންޓް ކަމަށެވެ.
"ލޯކަލް ކައުންސިލްގެ އިންތިހާބު މި ފަހަރު އަޅުގަނޑުމެން ހޯދާނީ މި ފަހަރު އިރާދަކުރެއްވިއްޔާ ބޮޑުކޮށް ބޮޑުކޮށް. ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމަ މަނިކުފާނު ހިސާބު ޖައްސަވާތި. މަނިކުފާނަށް 20 ޕަސެންޓް," ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ މީގެ ކުރީން ވެސް މިފަދައިން ހިސާބު ޖައްސަވާފަ އެވެ. ބައެއް ފަހަރު ނަންބަރުތައް ދިމާވެ އެވެ. ބައެއް ފަހަރު ބޮޑު ތަނުން އެ ނަންބަރު ތަފާތު ވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް