ވަޒީރުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރަންޖެހޭ: މަޚުލޫފް
ވަޒީރުންގެ މައްޗަށް ކުރެވުމުން އެކަމެއް ތަހުގީގުކުރަންޖެހޭކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މަޚުލޫފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ވަޒީރެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމުން ލަސްނުކޮށް ސުވާލުކޮށް ތަހުގީގުކުރަންޖެހޭ ކަމަށާއި ގޯހެއް އުޅޭނަމަ ފިޔަވަަޅު އަޅައި އަދަބުދޭން ޖެހޭނެކަމަށެވެ.
މަޚުލޫފް އިތުރަށް ވިދާޅުވީ ވަގު ސަރުކާާރެއް ދިފާއުނުކުރަން ފާޅުގައި އެވާހަކަ ދެއްކި ފުރަތަމަ ފަރާތަކީ އެބޭފުޅާ ކަމަށެވެ. އަދި މަޚުލޫފް ވަނީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޚުލޫފް މިހެން ވިދާާޅުވެފައިވާ ދަނޑިވަަޅަކީ އެބޭފުޅާގެ އިތުރުން ކެބިނެޓްގެ އެހެން ދެ ވަޒީރަކަށްވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ބުނާ ދަނޑިވަޅެކެވެ. އެގޮތުން މަޚުލޫފްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި ކޮމިއުނިކޭޝަންސް މިނިސްޓަރ މަލީހު ޖަމާލަށްވެސް ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ޕީޖީ ބިޝާމް ވިދާޅުވިކަމަށް ވަނީ އަޑުފެތުރިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް