ހައްމާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
ކައިވެނީގެ ގޮތުންކަމަށްބުނެ 13އަހަރުގެ އަންހެންކުއްޖަކާއި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ރ.މަޑުއްވަރީ، ފެހިއަލި އިސްމާއިލް ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުން ހައްމާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
ޝަރުއީ ކޯޓުން ބޭރުގައި ހައްމާދު ކައިވެނީގެ ނަމުގައި ކުޑަ ކުއްޖަކާއި ގުޅިގެން އުޅޭކަން ހާމަވެފައިވަނީ އޭނާއާއި އެހެން ބަޔަކު ލަނޑާނެގުމުގެ މަސައްކަތްކުރާ ދޯންޏެއްގައި ހިނގި މާރާމާރީ އަކަށް ފަހުއެވެ.
މި މާރާމާާރީގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް އޭނާ އައިޖީއެމްއެޗްގައި ބޭއްވުމަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްމާދު އެކުއްޖަކާއި ގާނޫނީ ހަމަތަކުން ބޭރުން ކައިވެނިކޮށްގެން އުޅުނު ކުއްޖާއާއި އޭނާގެ ދަރިފުޅު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް