އެމެރިކާގައި ދިން ބަޑީގެ ހަމަލާތައް ރާއްޖެއިން ކުށްވެެރިކޮށްފި
އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސްގައި ދިން ބަޑީގެ ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސް ސްޓޭޓްގައި ދިން ބަޑީގެ ތަފާތު 2 ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިޒް އެކްސެލަންސީ މައިކަލް ރިޗަރޑް ޕޮމްޕެއޯއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަލްފާޟިލް އަބްދުﷲ ޝާހިދު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވި މިޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައިކަމަށް ވިދާޅުވިއެވެ.
އަދި މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި މި ޙާދިސާގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ޝާހިދުގެ މެސެޖެއްގައި ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް