އެމްޑަބްލިޔުއެސްސީގެ ޗެއާމަން މަގާމުން ޝަމްހޫޒާ ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ޝަމްހޫޒާ އަޙުމަދު ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ މިއަދުއެވެ.
އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ 2023 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މައުސޫމު ވަނީ 28 މެއި 2023 ގައި އިސްތިއުފާ ދެއްވާފައެވެ.
އޭގެ ކުރިން ޝަމްހޫޒާ ވަނީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް