ސައުދީން ދޭ ކަދުރު ލިބިއްޖެ. ރޯދައިގެ ކުރިން ބަހާނަން: ޑރ.ޝަހީމް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު ލިބިފައިވާކަމަށާއި، ރޯދައިގެ ކުރިން ކަދުރު ބަހާ ނިންމާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑޜ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.
މިގޮތުން މިފަހަރުވެސް ސައުދީ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާކަމަށް ދީނީ ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވިި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ، މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނޭ ކަމަށެވެ.
ރޯދަމަހު ސައުދީން ހަދިޔާކުރާ ކަދުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު، ގިނަ ބަޔަކު އެ ކަދުރަށް އިންތިޒާރުކުރާކަން ފާހަގަކޮށްލެވެއެވެ. މި ފަހަކަށް އައިސް ބައެއް އަހަރުތަކުގައި ކަދުރު ލިބިފައިވަނީ ރޯދަމަސް ނިމެން ކައިރިވެފައިވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް