ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުރަނީ، އުޅަނދުތައް ނަގަން އަންގައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާތީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ އުޅަނދުތައް ނެގުމަށް ވެރިފަރާތްތަކަށް އަންގާ ކަމަށެވެ.
އެހެން ކަމުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރީން އުޅަނދުތައް ނެގުމަށް ވަނީ އެދިފަ އެވެ.
މި މުއްދަތުގެ ތެރޭގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައިނުވާނަމަ އެ އުޅަނދަކަށް ލިބިދާނެ ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އެޗްޑީސީން ވަނީ މިފަދަ ކޮންމެ ކަމެއްގައި އާންމުންނާއި ވިޔަފާރިތަކުން ވެދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް