ޕީޕީއެމްގެ ސީދާ ހަރަކާތުގެ ތިން ވަނަ ރޭ!
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަންކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދާ އިހުތިޖާޖު މިރޭވެސް ފަށައިފިއެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތިން މިރޭ ފެސށި އިހުތިޖާޖުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގެއިތުރުން ޑރ. މުހައްމަދު މުއިއްޒުއާއި އަބްދުﷲ މުހައްމަދު ( މަދަނީ އަބްދުﷲ) ގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މ ެންބަރު މުހައްމަދު އިސްމާއީލެވެ.
މިރޭގެ ސީދާ ހަރަކާތުގެ ބައިވެރިން ކުރީ ރެ އެކޭ ވެސް އެއްގޮތަށް މަޖީދީ މަގުން ހުޅަނގަށް ނައްޓައިލާފައިވާއިރު، ފުލުހުންގެ އަމުރަށް ކިޔަމަންތެރި ވުމަށާއި ފުލުހުންނަށް އުނދަގޫ ނުވާގޮތަށް ހަރަކާތްތައް ކުރިއަށް ގެންދަން އަބްދުއްރަހީމް ވަނީ މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސްކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް