1500 ކުންފުންޏެއް އުވާލުމަށް ނިންމައިފި
އަހަރީ ފީ ނުދެއްކިގެން 1500އަށްވުރެ ގިނަ ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ 2002 ން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކައިފައި ނުވާ 1597 ކުންފުނި އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިތަށް އުވާލަނީ، ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.
އުވާލުމަށް އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރައާތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން އެމިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް