ނިއުޕޯޓްގެ އިތުރު ދެތަނެއް ހުސްކުރަން ފަސްދުވަހުގެ ނޯޓިސްދީފި
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންދާ ނިއުޕޯޓްގެ އިތުރު ދެ ރެސްޓޯރެންޓެއް ހުސްކުރުމަށް ނޯޓިސްދީފިއެވެ.
ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރ ޒާހިދު ރަމީޒުގެ މަސްލަހަތު ހިމެނޭ ނިއުޕޯޓްގެ ދެތަނެއް ބަންދުކުރަން ދީފައިވަނީ ފަސްދުވަހުގެ ނޯޓިސްއެކެވެ.
އެއީ އެސްޓީއޯ އައިފާނު ބިލްޑިންގްގެ ތިރީގައި ހުރި ނިއުޕޯޓްގެ ރެސްޓޯރެންޓާއި، ރާވެރިބޭ ކޮއްތުވެނީގައި ހުރި ތަނެވެ.
އެސްޓީއޯ އިން އިއްޔެދިން ނޯޓިސްގައިވަނީ އެ މުއްދަތުގައި އެ ތަންތަން ހުސްނުކޮށްފިނަމަ އެތަނުގައި ހުރި ތަކެތި ބޭރުކުރާނެ ކަމުގެ އިންޒާރުދީފައެވެ.
ދާދިފަހުން ވަނީ ބްރިޖް ވިއު ޕްލެޓްފޯމްގައި ހިންގަމުންދިޔަ ނިއުޕޯޓް ވިއު ހުސްކުރަންވެސް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް