ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ
ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މައުލޫމާތުދޭގޮތުގައި އެ ކޮމިޝަނުން ބެލުމަށް ނިންމާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލައެކެވެ.
މި މައްސަލަތައް ބެލުމަށްޓަކައި ޖޭއެސްސީން ވަނީ ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައެވެ. މި ދެ ފަރާތާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ކޮން މައްސަލަތަކެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާގެ މައްސަލައެއް ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް