ދުވަހަކުވެސް ރިޝްވަތު ނުނަންގަވާކަމަށް ދީދީ ވިދާޅުވެއްޖެ
ދުވަހަކުވެސް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މީހެއްގެ ކިބައިން ފައިސާ ހޯއްދަވާފައިނުވާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިހެން އެމަނިކުފާނު ވިދާޅުވީ މިއަދު ހެނދުނު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް ޖޭއެސްސީގެ ސުލޫކީ މައްސަލަ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކޮމެޓީން ކުރިމަތިކުރުވި ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ދީދީ ވިދާޅުވީސިޔާސީ މީހެއްގެ އަތުން ވެސް އެހެން މީހެއްގެ އަތުން ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދާފައެއް ނުވާނެކަމަށެވެ.
ނަމަވެސް ޖޭއެސްސީގެ ތަހުގީގުގައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތަކެއް ދީދީއަށް ލިބުނުކަމަށް ފުލުހުންނާއި ހަވާލާދީ ބުނެފައެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފަސްދުވަހުގެ މުއްދަތެއް އެމަނިކުފާނަށް ވަނީ ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް