ޔާމީންއާއި އަދީބްގެ މަނީ ލޯންޑަރިންގ ތުހުމަތު ފުލުހުންނަށް: ހެއްކަކީ އެމްޑީޕީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި އެމަނިކުފާނުގެ ނައިބު ރައީސްކަމުގެ މަގާމު އަދާކުރެއްވި އަހުމަދު އަދީބު މަނީލޯންޑަރިންގް ހިންގެވިކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަނީލޯންޑަރިންގެ ކުށް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. މި ހެކިތައް އޭޖީ އޮފީހާއި މިމަހުގެ ތެރޭގައި ހިއްސާކޮށްފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.
މި ހެކިތަކަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުތަަކަކުން ނެގުނު ޑާޓާއިން ބައިނަލްއަގްވާމީ ކުންފުންޏަކުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓަކާއި، އެއާއި ގުޅުންހުރި ލިޔުންތަކެކެވެ.
އަދި ހެކިތައް ދިރާސާ ކުރުމުން އެ ކުށް އެ ބޭފުޅުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލަ އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ހުށައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް