މަޖިލީހަށް ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ: ރައީސް
ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ ކަމަށާއި އެހެން އެކަން ވެއްޖެ ނަމަ ވައުދުތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންެނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ ބޮޑު އަޤްލަބިއްޔަތެއް އެމްޑީޕީ އަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ގަދަ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް." ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް