N/A
N/A
ވިޔަފާރި 06 Jan 2026 | 03:45

ބީއެމްއެލްއިން މެލޭޝިއާގެ ލެގޯ ލޭންޑަށް ދެވޭ ޕްރޮމޯޝަނެއް ފަށައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޖަނަވަރީ އިން 16 ފެބްރުއަރީގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ، މި ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެ ކަމަށެވެ.

އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެ ކަމަށެވެ.

މިއިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:

•މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)

•ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް

•ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން

މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެ ކަމަށާ މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު އަންނަނިވި ލިންކުން ލިބޭނެ އެވެ. https://www.bankofmaldives.com.mv/back-to-school

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...